ރޭވުން
6 އަހަރު ކުރިން
(ފަސްވަނަ އަދަދާއި ގުޅޭ) ”ޝުބާއާ ޢާދިލްއާ އޮތީ ކޮން ގުޅުމެއްތޯ؟“ ދެވަނަ ސުވާލުވެސް ޚާލިދު ދޫކޮށްލީ ހުޝިޔާރުވެ އިނދެއެވެ. ”ހަމަ… އޮފީސް އެހެން މީހުންނާވެސް އޮންނަ ގުޅުން.“ ޒާޔާގެ އަޑުގައި ފަސް ޖެހުން އެކުލެވިގެންވިއެވެ.